އިބްރާހިމް ސުހެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައި ވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.
އިބްރާހިމް ސުހެއިލް ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، 9:05 ހާއިރު ކަމަށް އެ އިދާރާއިން ފާހަގަ ކޮށްފައިވެ އެވެ.
މީނާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
އިބްރާހިމް ސުހެއިލް ނިޔާވުމާ ގުޅިގެން އެސާވިސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފަ ކަމަށް އެ އިދާރާއިން ބުނެ އެވެ.