އެމްސީއެސްގެ ފްރަންޓް އޮފީސް ހުޅުއްވައި ދެއްވީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާންއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު ސޮބާހްވެސް ބައިވެރިވެޑައިގަތެވެ.
ކަރެކްޝަންސްގެ އާ ޕްރަންޓް އޮފީސް ހުންނަނީ ހުޅުމާލޭ ޖަލުގެ ހުޅަނގު ދެކުނު ކަންމަތީގައެވެ. ކަރެކްޝަނުން ބުނީ މި އޮފީހަކީ ރިހެބިލިޓޭޝަންގެ ތެރެއިން ވަޒީފާ އަދާކުރާ ގައިދީންނާއި އެމްސީއެސްގެ އޮފިސަރުންގެ ހީވާގި އަދި ބުރަ މަސައްކަތުން ބިނާކޮށްފައިވާ ތަނެއްކަމަށް ކަރެކްޝަނުން ބުނެއެވެ.
ގައިދީން ހެދި ކަރެކްޝަންގެ އާ ފްރަންޓް އޮފީސް ހުޅުވޫމުގެ ތެރެއިން
އެމްސީއެސްގެ ފްރަންޓް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުން، ފޯނު ކޯލްތަކަށް ޖަވާބު ދިނުން، މައި އީމެއިލް އަދި ކައުންޓަރަށް އަންނަ ސިޓީ ފަދަ ލިއުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަން / ޑިވިޝަން އަދި ކޮމާންޑްތަކާ ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން، އެކިއެކި ކަންކަމުގައި ފޯރުކޮށްދޭ ހިދުމަތައް ލިބޭނެކަމަށް ކަރެކްޝަނުން ބުނެއެވެ.
މީގެ އިތުރުން، ޤައިދީންނާއި ބަންދު މީހުންގެ އަންނައުނު ބަލައިގަތުމުގެ އުސޫލާއި އެއްގޮތަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި އަންގާރަ، މިދެދުވަހު އާއިލާތަކުން ގެންނަ އަންނައުނު ބަލައިގަތުން ހިމެނޭކަމަށް ކަރެކްޝަނުން ބުނެއެވެ.