ads
ފައްޔާޒު އިސްމާއިލް
ސަރުކާރުގެ އަމަލުން ފެންނަނީ މުއައްސަސާތައް ގަޑުބަޑުކޮށް، އޮޅުވާލާތަން: ފައްޔާޒު
ސަރުކާރުގެ އަމަލުތަކުން ފެންނަނީ މުއައްސަސާތައް ގަޑުބަޑުކޮށް އޮޅުވާލުމުގެ ތެރެއިން ފައިސާ ޗާޕުކުރަން މަސައްކަތް ކުރާތަންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވީ ފައިސާ ޗާޕުނުކުރަންކަމަށެވެ. އެގޮތުން މި ސަރުކާރަށް 51 ހަފްތާއާއި ދެ ދުވަސް ވީއިރު ފައިސާ ޗާޕުނުކުރާކަމަށާއި ކުރިޔަށް އޮތްތާގައިވެސް އެކަން ނުކުރާނެކަމަށް ރައީސް މުއިއްޒު މިއަދުވެސް ވިދާޅުވިއެވެ. 

ރައީސް މުއިއްޒުގެ މި ވާހަކަތަކަށް ރައްދުދެއްވާ ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަކުރާރުކޮށް ބުނަމުންދަނީ ފައިސާ ޗާޕެއް ނުކުރާނަމޭކަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމަލުން ފެންނަނީ މުއައްސަސާތައް ގަޑުބަޑުކޮށް، އޮޅުވާލުމެއްގެ ތެރެއިން އެކަން ކުރަން މަސައްކަތް ކުރާތަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

" ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނާ ފުށުއަރާގޮތަށް، ނެތް ރުފިޔާ މިގޮތަށް އިޤްތިސާދަށް ނެރެން އުޅުމަކީ ބޮޑު ނުރައްކަލެއް، ދޮގުހެދުން ހުއްޓާލައި ރައްޔިތުންނަށް މި މުއާމަލާތްތަކުގެ ހަގީގަތް ސާފުކޮށް ދޭންޖެހޭ. " ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ސަރުކާރުން ފައިސާ ޗާޕު ނުކުރާކަމަށް ބުނާއިރު ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރަން މަސައްކަތް ކުރާކަމުވެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ، 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ އެއް ފެންމަތިވެ އެ އޮފީހުގެ ސީއީއޯ އާއި ޕެންޝަން ބޯޑުގެ ހަތަރު މެމްބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް