ads
ދުއާކުރުން
ރިޒުގު ތަނަވަސްކުރަން ބޭނުންތަ؟ ހެނދުނު ހޭލައިގެން މި ދުޢާ ކިޔާލާ!
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، އަތްމަތި ދަތިވުމަކީ މިއަދު ވަރަށް ގިނަ މީހުން ކުރަމުންދާ ޝަކުވާއެކެވެ. ވަޒީފާއަށް ގޮސް ބުރަކޮށް މަސައްކަތް ކުރިޔަސް، ލިބޭ މުސާރައިގައި ބަރަކާތް ނުހުންނަ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟
Advertisement

މިކަމުގެ ހައްލު އޮތީ ދުވަސް ފަށާ ގޮތުގައެވެ. ކީރިތި ރަސޫލާ (ޞޢވ) ވަނީ ހެނދުނު، ފަތިސް ނަމާދަށްފަހު ކިޔުމަށް ހާއްސަ ދުއާއެއް އުއްމަތަށް ދަސްކޮށްދެއްވާފަ އެވެ.

ފަތިހުގެ ޚާއްސަ ދުޢާ: ތިން ކަމަކަށް އެދި ދަންނަވާ ދުޢާ

އުއްމުލް މުއުމިނީން އުއްމު ސަލަމާ (ރޢ) ގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ (ޞޢވ) ފަތިސް ނަމާދުގެ ސަލާމް ދެއްވުމަށްފަހު، މި ދުއާ ވިދާޅުވެ އެވެ:

"اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا"

މާނައީ: "އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން، ފައިދާހުރި ޢިލްމަކަށާއި، ރަނގަޅު (ޙަލާލު/ބަރަކާތްތެރި) ރިޒުޤަކަށާއި، ޤަބޫލުވެވިގެންވާ ޢަމަލަކަށް އެދި ދަންނަވަމެވެ." (ސުނަން އިބްނު މާޖާ)

މި ދުޢާގެ މުހިންމުކަން: އިލްމުވެރިންގެ ބަސް

މި ދުޢާއާ ބެހޭގޮތުން އިސްލާމީ ބޮޑެތި އިލްމުވެރިން ވިދާޅުވަނީ، މިއީ ދުވަސް ފެށުމަށް އެންމެ ފުރިހަމަ "ޕެކޭޖް" އެއް ކަމަށެވެ.

މަޝްހޫރު އިލްމުވެރިޔާ އިމާމް އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވާގޮތުން: "ހެނދުނުގެ ވަގުތަކީ ރިޒުޤު ބެހިގެންދާ ވަގުތެވެ. އެ ވަގުތު ނިދާފައި އޮތުމަކީ ރިޒުޤުން މަޙްރޫމްވާ ކަމެކެވެ. މުސްލިމަކު އޭނާގެ ދުވަސް ފަށަންވާނީ ﷲ ގެ މަތިން ހަނދުމަކޮށް، ރިޒުޤަށް އެދި ދެންނެވުމުންނެވެ. މި ދުޢާގައި 'ރިޒުގަން ޠައްޔިބަން' (ރަނގަޅު ރިޒުޤު) އޮތުމުގެ މާނައަކީ ހަމައެކަނި ގިނަ ފައިސާއެއް ނޫނެވެ. އޭގެ މާނައަކީ ލިބޭ އެއްޗެއްގައި ބަރަކާތް ލެއްވުމާއި، ހަރާމް ގޮތްތަކުން ދުރުހެލިވުމެވެ."

ރިޒުޤު އިތުރުކުރަން އިތުރު "ޓިޕް" އެއް: އިސްތިޣްފާރު

މި ދުޢާގެ އިތުރުން، ރިޒުޤު ތަނަވަސްވުމަށް އޮތް އެންމެ ބޮޑު ތަޅުދަނޑިއަކީ ގިނަގިނައިން ފާފަ ފުއްސެވުން އެދި ދެންނެވުމެވެ.

ޤުރުއާނުގެ ނޫޙް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވަނީ، ގިނަގިނައިން އިސްތިޣްފާރު ކުރުމުން (އަސްތަޣްފިރުﷲ ކިޔުމުން)، ﷲ ތަޢާލާ ވާރޭ ވެއްސަވައި، މުދަލާއި ދަރިންގެ ގޮތުން ތިޔަބައިމީހުންނަށް މަދަދު ދެއްވާނެ ކަމަށެވެ.

ހެނދުނުން ފެށިގެން، ފަތިސް ނަމާދަށްފަހު ފޯނުގައި އަތްލުމުގެ ކުރިން މި ކުޑަކުޑަ ދުޢާ ކިޔާލުމުގެ އާދަ ހިފާށެވެ. އިހްލާސްތެރިކަމާއެކު ކުރާ ދުއާއަކީ މުއުމިނާގެ އެންމެ ވަރުގަދަ ހަތިޔާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް