ads
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި
ރޯދަ ނިމެންދެން ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް
ރޯދަމަހާއި، ޝައްވާލް މަހުގެ ހަ ދުވަހު، މާލެ ސަރަހައްދުގައި ކުނި ނަގާ ވަގުތުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން އާންމުކޮށްފިއެވެ.
Advertisement

ވެމްކޯއިންވަނީ އަންނަ އާދިއްތަ ދުވަހުން ފެށީގެން، ހަ ރޯދަ ނިމެންދެން، ކުނި ނަގާ ވަގުތުތައް ބަދަލުކޮށްފައެވެ. މި ގޮތުން،  މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00އާ ދެމެދުގައެވެ. އަދި ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 2:30 އަށެވެ.

މުލަ ރޯދަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 އިން 1:00އާ ދެމެދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް