ads
ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނުގެ ޚިދުމަތް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ އެމްޑީ ރިޝްވާނާއި މިނިސްޓަރު ސަޢީދު ސަލާމްކުރައްވަނީ - ފޮޓޯ: އެމްޕީއެލް
ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރަނީ
މިމަސައްކަތަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްވި މަޝްރޫއެއް
އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނަކާއި ޑިއުޓީ ފްރީ ޒޯނުގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތިން ހިދުމަތެއްގެ އެއްބަސްވުމުގައި ސޮއިކުރުން އޮތެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ހިދުމަތާއި، ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ ހިދުމަތެވެ.

އެމްޕީއެލުން ބުނީ، މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، އައްޑޫ ހިތަދޫގެ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތާއި ބޮންޑެޑް ގުދަނުގެ ހިދުމަތާއި ބަލްކް ކާގޯ ފެސިލިޓީގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ހިތަދޫ ބަނދަރުގައި ޑިއުޓީ ފްރީ ޒޯންގެ ހިދުމަތް ފެށުމުން، ކާޑާއި ކާބޯތަކެއްޗަށް ޑިއުޓީ ނުދައްކައި، އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ ކަމަށާއި، އެ ސަރަހައްދުގައި ވިޔަފާރިވެރިންގެ މުދާތައް ވަރަށް ކުޑަ އަގެއްގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޮންޑެޑް ގުދަނުގެ ހިދުމަތް ދޭން ފެށުމުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ހާއްސަ ހުއްދައެއްގެ ދަށުން އެތެރެކުރެވޭ މުދާތައް ރައްކާތެރިކޮށް ބެހެއްޓުމަށް ފަސޭހަވެ، ވިޔަފާރިވެރިންނަށް ލުއިތައް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އަދި ބަލްކް ކާގޯ ފެސިލިޓީ އިމާރާތްކުރުމާއެކު، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލަވެއްޔާއި ހިލަ ވަކި މުއްދަތަކަށް ބަނދަރުގައި ރައްކާކޮށްފައި ބެހެއްޓުމަށް ލުއި ލިބޭނެ ކަމަށާއި، ހިތަދޫ ބަނދަރުގައި ހިލަވެއްޔާއި ހިލަވެލި ބަހައްޓައި ދެކުނުގެ ރަށްރަށަށް އެ ތަކެތި ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް، އެމްޕީއެލުން ބުންޏެވެ. އެ ކުންފުނިން ބުނީ، މި ފަސޭހަތަކުގެ ސަބަބުން ދެކުނުގެ ސަރަހައްދުގައި އިމާރާތްކުރުމުގެ ވިޔަފާރި ކުރިއަރައިގެން ދާނެ ކަމަށެވެ.

މީގެ 20 އަހަރު ކުރިން ހިދުމަތް ދޭން ފެށި ހިތަދޫ ރީޖަނަލް ޕޯޓަކީ އެމްޕީއެލްގެ ދަށުން ހިންގާ، ދެކުނުގެ ސަރަހައްދަށް މުދާ ފޯރުކޮށްދޭ މައި މަރުކަޒެވެ. މި ބަނދަރަކީ ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑްލް ކުރުމުގެ ފުރިހަމަ ވަސީލަތްތައް ގާއިމުކުރެވިފައިވާ، ސަރަހައްދުގެ ސިނާއީ އަދި ވިޔަފާރި ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށްލެވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރާއްޖޭގައި ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑުއަކީ ވިޔަފާރިކުރަން ފަސޭހަތަނަކަށް ހަދައި، އައިޓީގެ ހަބަކަށް އެ ސިޓީ ހައްދަވަން ނިންމަވާފައިކަން ހާމަކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް