ads
ވޯޓްލަާ މަރުކަޒެއްގައި އޮފިޝޅަލުން ވޯޓް ގުނުމުގައި
ނަންނަގުމުގެ ފުރުސަތު ބުރާސްފަތީގެ ނިޔަލަށް، ގުރުނެގުން ބުރާސްފަތީގައި
ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ ބުރާސްފަތިދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އީސީން ބުނީ  އިންތިހާބުގައި ވާދަކުރަން ނަން ހުށައަޅާފައިވާ އެއްވެސް ފަރާތަކުން ނަން އަނބުރާ ނަގާނަމަ އެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން އެދުވަހު ގުރުއަތު ނެގުމާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށާއި އޭގެ ފަހުން ނަން ނެގިނަމަވެސް ވޯޓް ކަރުދާސްކޮޅުގައި ނަން އޮންނާނެކަމަށް އީސީން ބުނެއެވެ.

އިންތިހާބުގެ ޓައިމް ލައިން 

  • ކެންޑިޑޭޓުންގެ މަންދޫބުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން / ފެބްރުއަރީ 3ވަނަ ހަފްތާގައި 
  • ރީ ރަޖިސްޓްރީވި ފޮށީގެ މައުލޫމާތު އާއްމުކޮށް ޝަކުވާ ހުޅުވާލުން / ފެބްރުއަރީ ފަހު ހަފްތާގައި
  • ފައިނަލް ވޯޓާސް ލިސްޓް އާއްމުކުރުން  / މާރިޗުމަހުގެ ފުރަތަމަ ހަފްތާގައި 
  • ވޯޓާސް ލިސްޓުގައި މަންދޫބުން ސޮއިކުރުން / މާރިޗުމަހުގެ 2ވަނަ ހަފްތާ 
  • ވޯޓްލުން / 4 އޭޕްރިލް 
  • ވަގުތީ ނަތީޖާ އިއުލާންކުރުން / 9 އޭޕްރިލް 
  • ރަސްމީ ނަތީޖާ އިއުލާންކުރުން / 11 އޭޕްރިލް 

އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަކުރާކަމަށް އީސީން ބުނެއެވެ. ސީޔާސީ ޕާޓީތަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަން ކުރާ ޕީއެންސީއިންނެވެ.

ލޯކަލް ކައުނސިލް އިންތިހާބުގައި ވާދަކުރާ ޕާޓީތަކާއި ކެންޑިޑޭޓުންގެ އަދަދު

  • ޕީއެންސީ 665 ކެންޑިޑޭޓުން
  • އެމްޑީޕީ 495 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 8 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 31 ކެންޑިޑޭޓުން
  • ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 3 ކެންޑިޑޭޓުން

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި 5 ސިޔާސީ ޕާޓީއަކުން 1116 މީހުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަނީ 267 ކެންޑިޑޭޓުން ނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް

  • ޕީއެންސީ 658 ކެންޑިޑޭޓުން
  • އެމްޑީޕީ 417 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް 28 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީ 6 ކެންޑިޑޭޓުން

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް