ads
މާފުށި ޖަލު
ޖަލުގައި މަރުވި ދެ ގައިދީއެއްގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް މަރުވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އޮޓަޕްސީ ހަދަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް, މިމަހުގެ ދެ ވަނަ ދުވަހު ދެ ގައިދީއަކުން ވަނީ މަރުވެފައެވެ. 

އެއީ ދިއްގާގަސްދޮށުގެ / ސ.ހިތަދޫ، ހަސަން ނިޔާޒު, 45 އަހަރާއި ދަފްތަރު. ނަންބަރު ދރ 439 / ކ.މާލެ، އިބްރާހީމް ސުހައިލް, 53 އަހަރެވެ. 

މީގެތެރެއިން  ހަސަން ނިޔާޒު މަރުވީ ޖަލުގައި ހުއްޓާ ހާލުދެރަވެގެން މިމަހުގެ ދެވަނަދުވަހުގެ މެންދުރު ފަހު، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށްކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އިބްރާހީމް ސުހައިލް މަރުވީ ހާލު ދެރަވަގެން އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ. އޭނާ މަރުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ކަމަށާއި އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަނުން ވަނީ ކުރުން ބުނެފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލައިގެ ތަހުގީގުގެ ކުރަމުން އަންނަކަމަށެވެ. އެގޮތުން މި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށާއި އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް