މީ 2018 ވަނަ އަހަރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓްގައި އެތަނުން އެ ސައިކަލް ދުއްވަން އިން މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ވަނީ ގޮސްފައެވެ.
އެހެންކަމުން ދައުލަތުން ވަނީ އަނެއް ސައިކަލްގައި އިން މީހާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ހަ އަހަރު ފަހުން އެ މައްސަލަ ނިންމާ ކްރިމިނަލްކޯޓުން އިއްވި ހުކުމުގައި ވަނީ އެ މީހާ 115،200 ރުފިޔާގެ ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ ދެ އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.
އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަ މި މައްސަލަގެ އަދަބު ޖޫރިމަނާއަށް ބަދަލުކުރީ އެމީހާ ދައުލަތާއި އެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;