ads
މިއަދުގެ ޖަލްސާގައި ނަން އިއްވި މެމްބަރުން ބޭރުކުރަން މަސައްކަތް ކުރަނީ
އެމްޑީޕީގެ 5 މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފި
ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލު އެޖެންޑާކުރުމާއެކު އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރަން ފެށުމުން އިދިކޮޅޫ އެމްޑީޕީއަށް ނިސްބަތްވާ ފަސް މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފިއެވެ.
Advertisement

މިއަދު މަޖިލީހުގައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލާ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތެވެ. 

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބިލު ފާސްކޮށްފައިވަނީ ތަޅުމަށް ހުށައަޅާފައިވަނީ އެއްވެސް ބަދަލެއް ނުގެނެސްއެވެ. ކޮމެޓީގެ ބިލަށް ބަހުސް ފެށުމާއި އެކު އިދިކޮޅު މެމްބަރުން ވަނީ ގާނޫނު އާސާސީއަށް ގެންނަ އިސްލާހަކީ ގަވައިދާ ހިލާފަށް ކުރާކަމެއްކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ނުރުހުން ފާލުކުރަމުންދިޔަ އެމްޑީޕީއަށް ނިސްބަތްވާ 5 މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ނުކުންނަން ވަނީ އަންގާފައެވެ. އެގޮތުން ޖަލްސާ ފެށުނުތާ މާ ގިނައިރުތަކެއް ނުވަނީ ނަން އިއްވާ ތަޅުމުން ބޭރުކުރީ ކެެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރެވެ. 

ތަޅުމުން މިހާތަނަށް ބޭރުކުރި މެމްބަރު 

  • ކެެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް
  • ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް 
  • ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު 
  • ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު 
  • މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރު

މި މެމްބަރުން މަޖިލީހުން ނެރެވެންދެން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް