ads
އިސީގެ ކުރީގެ ވަކީލަކަށް އުޅުއްވި ރިފްއަތު އަބްދުﷲ
އިލެކްޝަން ކޮމިޝަނަށް ރިފްއަތު އައްޔަންކޮށްދޭން ރައީސް އެދެފި
އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުގެ މަގާމަށް ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެން މަޖިލިހަށް ފޮނުވައިފިއެވެ.
Advertisement

އީސީއަށް އާ މެމްބަރަކު އައްޔަންކުރަނީ އެ ކޮމިޝަންގެ މެމްބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. 

އެ މަގާމަށް ހުޅުވާލުމުން ކުރުމަތިލީ ފަރާތްތަކުގެ ނަންތައް މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ފޮނުވާފައެވެ. އެމަނިކުފާނު މަޖލިހަށް ފޮނުވީ ސިޓީގައި ވަނީ އީސީގެ މެމްބަރުކަމަށް ރިފްއަތު އަބްދުﷲ އައްޔަންކޮށްދިނުމަށް އެދިވަޑައިގެންފައެވެ. 

މިއަދުގެ މަޖިލީހުން ވަނީ ރިފްއަތުގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. 

މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ރިފްއަތަކީ ރިއްފަތަކީ އިލެކްޝަންސް ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެމްބަރު އަބްދުއްރަހުމާން ސަލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާގެ އިތުރުން އަބްދުލްހަސީބު އިސްމާއީލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް