މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައިކަމަށް މިނިސްޓްރީން ބުނެއެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފޯރަމްތަކުގެ ތާވަލު:
ފޯރަމް 1 : ތ. ދިޔަމިގިލި
3 ރަމަޟާން 1447 (20 ފެބްރުއަރީ 2026، ހުކުރު):
މައުޟޫއު: ރަމަޟާން މަހުގެ މާތްކަން
ޢިލްމުވެރިޔާ: އައްޝައިހް އާޒިމު ހާލިދު
ފޯރަމް 2 : ގދ. ތިނަދޫ
6 ރަމަޟާން 1447 (23 ފެބްރުއަރީ 2026، ހޯމަ):
މައުޟޫއު: އަޅުކަންތަކުގައި އެކުލެވޭ އިބުރަތްތައް
ޢިލްމުވެރިޔާ: އައްޝައިހް އޔސާމް މުހައްމަދު ސައީދު
ފޯރަމް 3 : ރަށް: ގދ. މަޑަވެލި
7 ރަމަޟާން 1447 (24 ފެބްރުއަރީ 2026، އަންގާރަ):
މައުޟޫއު: ޤުރްއާނުގެ އުންމަތް
ޢިލްމުވެރިޔާ: އައްޝައިހް އަބްދުﷲ މިފްޒާލު
ފޯރަމް 4 : ގދ. ގައްދޫ
8 ރަމަޟާން 1447 (25 ފެބްރުއަރީ 2026، ބުދަ):
މައުޟޫއު: ނަބަވީ މަދަރުސާ: އުނގަންނައި ދިނުމުގެ ލާމަސީލު ނަމޫނާ
ޢިލްމުވެރިޔާ: އައްޝައިހް މުހްއްމަދު އިމްތިތާއު
ފޯރަމް 5 : ހއ. އިހަވަންދޫ
10 ރަމަޟާން 1447 (27 ފެބްރުއަރީ 2026، ހުކުރު):
މައުޟޫއު: މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން
ޢިލްމުވެރިޔާ: އައްޝައިހް މުހްއްމަދު ސާމީ
ފޯރަމް 6 : ރަށް: ޅ. ނައިފަރު
14 ރަމަޟާން 1447 (3 މާރޗު 2026، އަންގާރަ):
މައުޟޫއު: ހިތުގެ ހަމަޖެހުން
ޢިލްމުވެރިޔާ: އައްޝައިހް މުތީއު އިސްމާއީލު
ފޯރަމް 7 : ކ. ހިންމަފުށި
15 ރަމަޟާން 1447 (4 މާރޗު 2026، ބުދަ):
މައުޟޫއު: އަޅުކަން މަޤުބޫލުވުން
ޢިލްމުވެރިޔާ: އައްޝައިހް ހަސަން ތައުފީޤު
ފޯރަމް 8 : ކ. ގުރައިދޫ
17 ރަމަޟާން 1447 (6 މާރޗު 2026، ހުކުރު):
މައުޟޫއު: އިންސާނާއަށް ދެއްވާފައިވާ ނިއުމަތްތަކާ މެދު ސުވާލުވެވޭނެ
ޢިލްމުވެރިޔާ: އައްޝައިހް އަހްމަދު މައުމޫން
ފޯރަމް 9 : ލ. މާވަށް
20 ރަމަޟާން 1447 (9 މާރޗު 2026، ހޯމަ):
މައުޟޫއު: ފާފައިގެ އަސަރު – ދުނިޔެއާއި އާހިރަތުގައި
ޢިލްމުވެރިޔާ: އައްޝައިހް ޢަތީފް އަބޫބަކުރު
ފޯރަމް 10 : ރ. މީދޫ
22 ރަމަޟާން 1447 (11 މާރިޗު 2026، ބުދަ):
މައުޟޫއު: ދީނުގައި ސާބިތުވުން
ޢިލްމުވެރިޔާ: އައްޝައިހް އަލީ ޝަހީދު