ads
ޕެންޝަން އޮފީސް
ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ހުޅުވާލައިފި
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހަތަރު މަގާމުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓަް އޮތޯރިޓީން އެ މީހުންގެ ޝަރުތު ހަމަވާކަން ޔަގީން ކުރުމަށް ފަހު ބޯޑު މެމްބަރުން އައްޔަންކުރާނީ ރައީސް އެވެ.

ފެންވަރު ނުވަތަ ޝަރުތުތައް
  • ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން.
  • ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
  • ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.

މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހަތަރު މަގާމުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު ޕެންޝަން އޮފީހަށް ޗެއާޕާސަނެއް ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް މިފަހުން އިސްތިއުފާ ދެއްވުމުންނެވެ.

އިނާޒު އިސްތިއުފާ ދެއްވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގަ އެވެ.

އޭނާ އިސްތިއުފާދެއްވީ، އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ފަންނީ ގޮތުން ގަބޫލުކުރެވޭ ކަމަށް ވިދާޅުވެ އެވެ.

ސަރުކާރުން މަސައްކަތް ކުރަނީީ 2.4 ބިލިއަން ރުފިޔާ ޗާޕު ކުރާށެވެ. އެކަން ކުރަން އުޅޭ ގޮތަކީ، ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެންނެވެ. އެ އިޖުރާއަތްތައް ކުރިއަށްގެންދާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް