ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގައި: ރައީސް ވަނީ އެ ގައުމުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފައި - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ: ރައީސް
ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ގެނެވުނު އީޖާބީ ކުރިއެރުންތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުން އިތުބާރުކުރާ މިންވަރު އިތުރުވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބަރލިންގައި ކުރިއަށްގެންދިޔަ، މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ ވެރިރަށް ބާލިންގައި ބޭއްވި އެ ބައްދަލުވުމުގައި، ރައީސަށް މަރުހަބާ ވިދާޅުވީ ޖަރުމަނުގެ ޗޭމްބާސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރެޔާ އަދި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސްގެ ސީއީއޯ ގަންތާ މުލް އެވެ.

މިހަރަކާތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ވަނީ، ރާއްޖޭގެ ވުނަކުރުމުގެ ވެއްޓާއި، ރާއްޖޭގައި ހުރި ވުނަކުރުމުގެ ފުރުސަތުތަކާބެހޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. 

އަދި ޖަރުމަނުވިލާތުގެ ގިނަ ކުންފުނިތަކަކުން ވަނީ، އެ ކުންފުނިތަކުގެ ވަނަވަރު ހުށަހަޅައި، ދިވެހި ވަފުދާއެކު ހިޔާލުބަދަލުކުރައްވާފަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

your imageރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ޖަރުމަނަށް ވަޑައިގެންނެވި ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ވިޔަފާރިވެރިންގެ ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެންނެވި ޖަރުމަނުގެ ބައެއް ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ - ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މީގެ ސަބަބުން ބޭރު ފައިސާގެ ދައުރުވުން ރަނގަޅުވެފައިވާކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދައުލަތުގެ މާލީ އަހުލާގު ހިފެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއްކަން ބަޔާންކުރައްވައި، ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ހޯދިފައިވާ ކުރިއެރުންތަކަށްވެސް ރައީސް މުއިއްޒު އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ރައުންޑްޓޭބަލްގައި "އިންވެސްޓް މޯލްޑިވްސް" އިން ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ބެހޭ މައުލޫމާތު ދީފައިވެ އެވެ. ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ދާއިރާގެ މަޝްރޫއުތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅި އެވެ.

އެ ބައްދަލުވުން ނިންމާލީ، ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އާއި ޖަރުމަނުގެ މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ގްރޫޕް، ޑާޓުއާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް