ads
ފަހި ފްލެޓަށް ބަދަލުވި ބަޔަކު އެތަނަށް ކުނި އަޅާފައި
ފަހި ފްލެޓަށްް ކުނިއަޅައިގެން 8000ރ ޖޫރިމަނާކޮށްފި
ފަހި ފްލެޓުގެ ޓަވަރުތަކުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިހާތަނަށް ދެ މީހަކަށް ޖޫރިމަނާގެ ގޮތުގައި 8،000ރ. ދައްކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.
Advertisement

ދެތިން މަހެއް ކުރިން މީހުން ދިރިއުޅެން ފެށި، އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އަންނަނީ ކުރަމުންނެވެ. ދައުރުވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ބޮޑެތި ފޮށިގަނޑު ފަދަ ކުންޏާއި ކުނިވާ ޒާތުގެ އެއްޗެހި ވެސް އެ ސަރަހައްދަށް ވަނީ އަޅާފަ އެވެ. 

އެ މައްސަލައިގައި އެފްޑީސީން މީގެ ކުރިން ވަނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ޓަވަރުތަކުގެ އެކި ތަންތަނަށް ކުނި އަޅައިގެން މިހާތަނަށް ދެ މީހަކަށް ޖޫރިމަނާކޮށްފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެގޮތުން އެތަނުން އެކަކު ޖޫރިމަނާކުރީ 5،000 . އިން ކަމަށާއި އަނެއް މީހާ ޖޫރިމަނާކުރީ 3،000ރ. އިން ކަމަށް އެފްޑީސީން ބުނެއެވެ.  

ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރި އާއި ބޭރަށް އަޅާފައި ހުރި ކުނިބުނި ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. 

އެފްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމާން ދޯދި މަޝްރޫއު ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްޑީސީ އިން ބުނީ އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރުގ ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް