އެއީ މި ފިލްމުގައި ރަންބީރު ކަޕޫރާއެކު ފެންނާނެ ބަތަލާއަކީ ކާކުކަން ކަށަވަރުވުމެވެ. ގިނަ ދުވަސްތަކެއް ވަންދެން ތަފާތު ވާހަކަތައް ދެކެވެމުން ދަނިކޮށް، ސީތާގެ ރޯލުން ފެންނާނީ ދެކުނު އިންޑިއާގެ މަޝްހޫރު ތަރި ސާއީ ޕައްލަވީކަން މިހާރު ވަނީ ޔަގީންވެފައެވެ.
މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިންގެ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން، ރަންބީރު އާއި ސާއީ ޕައްލަވީގެ ލުކް ފެނި، ބެލުންތެރިންގެ އުންމީދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
ސާއީ ޕައްލަވީ މި ރޯލަށް ނެގުމުން ގިނަ ބަޔަކު ވަނީ އެކަމަށް ތައީދުކޮށްފައެވެ. އޭނާގެ ސާދާކަމާއި އެކްޓިން ހުނަރަކީ ސީތާގެ ރޯލަށް އެންމެ އެކަށޭނަ ސިފަތައް ކަމަށް ފޭނުން ބުނެއެވެ. މީގެ އިތުރުން، މި ފިލްމުގައި ރާވަަނަގެ ރޯލުން "ކޭޖީއެފް" ގެ ތަރި ޔަޝް ފެންނާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. މިއީ އިންޑިއާގެ ސިނަމާގެ ތާރީހުގައި ވެސް އުފައްދާ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެއެވެ.