ads
ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ތަގުރީރު ދެއްވަނީ
މޫސުމީ ގެއްލުމަށް ފިޔަވަޅުއެޅުން ލަސްވާ ނަމަ ހޭދަ ބޮޑު: ރައީސް
ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ހާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް ކަމަށާއި މޫސުމީ ގެއްލުމަށް ފިޔަވަޅުއެޅުން ލަސްވުމުން ހޭދަ ބޮޑުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވަ އެވެ. 

މި ޒިޔާރަތުގައި ރައީސް ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ތަގުރީރެއްދެއްވާފަ އެވެ.

އެތަނުގައި ދެއްވި ތަގުރީރުގައި ރައީސް ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ގުޅިގެން ވާހަކަ ދައްކަވައިފަ އެވެ. 

"މޫސުމީ ސައެންސްގެ އިލްމުގެ އަލީގައި، ގައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި މޫސުމީ ނުރައްކާތައް ހިމެނުމުގެ މުހިންމު. މޫސުމީ ނޭދެވޭ ބަދަލުތަކަށް ހޭނި، އަހުލުވެރިކުރުވުމުގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުން އިތުރުކުރުމަށާއި، ލޯކަލް ގަވަނަންސްގެ ގާބިލުކަން އިތުރުކޮށްގެން، އެ މަސައްކަތްތަކަކީ މުޖުތަމައުގެ ބައިވެރިވުން ހިމެނޭ، އަދި ރައްޔިތުން އިސްވެ ތިބެ ކުރިއަށްގެންދާ މަސައްކަތްތަކަކަށް ހަދަން ޖެހޭ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސިންގް ލިބުމަކީ، މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއް. ރާއްޖެ ފަދަ ގައުމުތަކަށް ދުރާލާ ކަށަވަރުކުރެވޭ، އެކަށީގެންވާ، އަދި ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ލިބުމުގެ މުހިންމު." ރައީސް ވިދާޅުވި އެވެ.

ތާރީހީ، އިގްތިސާދީ އަދި ސަގާފީގޮތުންނާއި ދިފާއީ ގޮތުން ވެސް ރާއްޖެ އާއި ކަނޑާ ލާމެހިފައިވާ މިންވަރާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިގްސާދާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި އަސަރުތަކުގެ ކޮށްފާނެ ކަމަށެވެ.

ޖަރުމަނުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް ވަނީ ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ އިސްނެގުންތައް ހިމެނޭހެން، އެއް ގައުމު، އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތަކާ ގުޅިގެން ވެސް ވާހަކަ ދައްކަވައިފަ އެވެ. 

އޭގެ އިތުރުން ރައީސް ވިދާޅުވީ، މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތްތަކާއި ގައުމީ ތަރައްގީއަކީ އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަންތައް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް