ads
މެދުއިރުމައްޗަށް ދަތުރު ކުރާ ކަމަށް ބެލެވޭ ދެވަނަ އެއާކްރާފްޓް ކެރިއަރު
އަބްރަހަމްލިންކަންއަށް އެހީވާން އެމެރިކާގެ ދެވަނަ މަނަވަރެއް މެދުއިރުމައްޗަށް!
މިހާރު މެދުއިރުމަތީގައި އޮތް ޔޫއެސްއެސް އަބްރަހަމް ލިންކަންއަށް އެހީވުމަށް ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް މެދުއިރުމައްޗަށް ފޮނުވާން އެމެރިކާ ސަރުކާރުން ނިންމައިފި ކަމަށް އެމެރިކާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފި އެވެ.
Advertisement

އީރާނުގެ ނިއުކްލިއާ އަދި ބެލެސްޓިކް ޕްރޮގްރާމާ ގުޅޭ ގޮތުން އޮމާންގައި މިދިޔަ ހަފުތާގައި ކުރިއަށްދިޔަ ނުދީސާ މަޝްވަރާތަކަށްފަހު މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ހުކުރު ދުވަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" ކެރީބިއަން ސަރަޙައްދު ދޫކޮށް "ވަރަށް އަވަހަށް" މެދުއިރުމައްޗަށް ދަތުރު ފަށާނެ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ބޭނުން ނަމަ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ވެސް މެދުއިރުމަތީގައި ތައްޔާރަށް އޮންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އިރާނުގެ ސަރުކާރު ބަދަލުވުމަކީ "އެންމެ ރަނގަޅު ގޮތް" ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އިރާނުގައި ދާދިފަހުން ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކޮށް، އެތައް ހާސް ބަޔަކު މަރާލާފައިވާކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ.

އެމެރިކާއާއި އީރާނުގެ މިހާރު ކުރިއަށްދާ ނުސީދާ މަޝްވަރާތަކަކީ ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރުގައި ދޫކޮށްލެއްވި ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)އާ ގުޅޭގޮތުން ކުރާ މަޝްވަރާތަކެކެވެ. 

އީރާނާއި އެމެރިކާއާ ދެމެދު 1980 ވަނަ އަހަރުން ފެށިގެން ރަސްމީ ހާރިޖީ ގުޅުމެއް ނެތެވެ. މިދިޔަ އަހަރު މަސްކަޓްގައި ބޭއްވި މަޝްވަރާތައް ހުއްޓުމަކަށް އައީ އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ.

މިއީ އީރާނަށް އިޒްރޭލާއި އެމެރިކާއިން މިދިޔަ އަހަރުގެ ޖޫން މަހު ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެމެރިކާ އާއި އީރާނުން ބޭއްވި ފުރަތަމަ މަޝްވަރާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް