ads
ދޯނީގައި އަލިފާން ރޯވެފައި: މިއީ މާލޭ ކައިރީގައި އޮތް ދޯންޏެއް - ފޮޓޯ/ ފުލުހުން
15 މީހުން ތިިބި މަސްދޯންޏެއްގައި ރޯވެ ބައެއް މީހުންނަށް އަނިޔާވެއްޖެ
މާލެ ކައިރިން ދަތުރުކުރި މަސްދޯންޏެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ، މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގީ ކުރުނބާ ރިސޯޓު ކައިރިންނެވެ. މި ހާދިސާގައި އަނިޔާވި މީހުން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައި މާލެ ގެންނައުމަށް ދަތުރުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ދޯނީގައި ފުރަތަމަ ރޯވެ އަލިފާން ފެންނަން ހުރީ އިންޖީނުގެއާ ދިމާލުން ކަމަށް ވިޔަސް މިހާރު ވަނީ މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރިފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް