މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 14:55 އެހާކަންހާއިރެވެ.
ދޯނީގައި ރޯވި އަލިފާންގަނޑުގައި ދޯނީގައި ބޮޑުބައި އަނދާފައިވާއިރު، ބައެއް މީހުންނަށް އަނިޔާވެގެން ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދެއްގައި ވަނީ މާލެ ގެންގޮސްފަ އެވެ.
ފުލުހުން މިއަދު ބުނީ، އެ ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވި ކަމަށެވެ. އެ އެންމެން ވެސް މާލެ ގެންގޮސް، ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ، ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ.
ކޯސްޓް ގާޑުގެ އުޅަނދެއް ގޮސް ދޯންޏަށް ފެންޖަހަން ފަށައި މިހާރު ވަނީ އަލިފާން ނިއްވާލައިފަ އެވެ. އެކަމަކު އަދިވެސް ދޯނިން ދުން އަރަ އެވެ.
ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.