ads
ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ހަޝިޝް އޮއިލް.
ކަނޑުމަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ހިފަހައްޓައިފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 29 މިލިއަން ރުފިޔާގެ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމްސްއިން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަގުން އައި މުދާތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ފައްސި ކަމަށް، ކަސްޓަމްސްއިން ބުންޏެވެ.

ބަރުދަނުގައި 36.4 ކިލޯގުރާމު ހުރި މި ތަކެތީގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް އެ ހިދުމަތުން ބުންޏެވެ.

ކަސްޓަމްސް އިން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި، އެ ތަކެތި ހުރީ ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް