އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރަން ވެރިކަން ކުރާ ޕީއެންސީ ހަދާފައިވާ ލޯގޯގައި ދައްކައިދެނީ ރާއްޖޭގެ ހިތްގައިމު ރަށެކެވެ. ޕީއެންސީގެ ލޯގޯގައި ވަނީ ދިވެހީންގެރާއްޖެ - ވޯޓު ދޫންޏަށް މިހެންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 6 ސިޔާސީ ޕާޓީއަކުން 1210 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެގޮތުން ކައުންސިލްތަކަސް އެޕާޓީގެ 665 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ޕީއެންސީން 658 ކެންޑިޑޭޓުން ވާދަކުރެއެވެ.
އިދިކޮޅު އެމްޑީޕީން ކައުންސިލް އިންތިހާބަށް ނެރެފައިވަނީ 495 ކެންޑިޑޭޓުންނެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ނުކުމެފައި ވަނީ 417 ކެންޑިޑޭޓުންނެވެ.