ads
ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން ބީއެމްއެލުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިރޭގެ ހަފުލާގައި އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ ޝަރީފުއާ، ސްޕޯޓްސް މިނިސްޓަރު ރާފިއު އެވޯޑު ހަވާލުކޮށްދެއްވަނީ.
ރާއްޖޭގެ ކުޅިވަރު ތަރައްގީއަށް ބީއެމްއެލުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެވޯޑެއް ދީފި
ދިވެހިރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބެންކަށް ހާއްސަ އެވޯޑެއް ދީފި އެވެ.
Advertisement

ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން އާދިއްތަ ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގަ އެވެ.

ބީއެމްއެލުން ބުނީ، ރާއްޖޭގައި ކުޅިވަރުތައް ކުރިއަރުވަން އެ ބޭންކުން ކޮންމެ އަހަރަކު ވެސް ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން، ގައުމީ ފެންވަރުގެ މުބާރާތްތައް ބާއްވަން އެހީތެރިވެ، ކުޅުންތެރިންގެ ހުނަރު ތަރައްގީ ކޮށްދޭން މަސައްކަތްކުރާ ކަމަށެވެ. 

"އެގޮތުން ފުޓުބޯޅަ، ސުވިމިން، ބާސްކެޓް ބޯޅަ، ޓެނިސް އަދި ސާފިން އެސޯސިއޭޝަންތަކާ އެކު ގާއިމުކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނާޝިޕްތަކުގެ ދަށުން އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދެ އެވެ،" ބީއެމްއެލުން ބުންޏެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން 2023 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް އަންނަނީ ދެމުންނެވެ. މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން ބޭންކުން ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފައެވެ. އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށް އެހީތެރިވަމުންނެވެ. ދާދި ފަހުން ބޭންކުން ވަނީ އަނެއްކާ ވެސް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުތައް ސްޕޮންސާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް