ads
ފެނަކަގެ އާ އެމްޑީ މުވައްޒަފުންނާއި ބައްދަލުކުރުމުގެ ތެރެއިން
އާންމުކޮށް އިއުލާނުނުކޮށް ފެނަކައަށް މުވައްޒަފުން ނުނަގަން މަޖިލީހުން އަންގައިފި
އާންމުކޮށް އިއުލާނު ނުކޮށް ފެނަކައިގެ ވަޒީފާތަކަށް މުވައްޒަފުން ނުނެގުމަށް އެ ކުންފުންޏަށް އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

މަޖިލީހުން އެގޮތަށް ފާސްކުރީ ފެނަކައަށް މުވައްޒަފުން ނެގުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތާ ގުޅޭ ހާއްސަ  އޮޑިޓް ބެލުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލި ރިޕޯޓް ފާސްކޮށްގެން ނެވެ.

ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފެނަކައަށް އަންގައިފައިވާ އެ ރިޕޯޓް ފާސްކުރީ 56 މެމްބަރުންގެ ވޯޓާއި އެކުއެވެ. 

އެ ރިޕޯޓްގައިވާގޮތުން ފެނަކަގެ އޮޕަރޭޝަންތައް ފުޅާވާ މިންވަރާއި ކުންފުނީގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ވޯކްލޯޑު ބެލުމަށް ފަހު ޖޮބް އެނަލިސިސް ހެދުމަށް ވަނީ އަންގައިފަ އެވެ. 

އަދި އޭގެ ނަތީޖާއަށް ބަލާ ކުންފުނީގެ ވަޒީފާގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށް ފަހު ނޫނީ ކުންފުންޏަށް އިތުރު މުވައްޒަފުން ނުނަގަން ވެސް ވަނީ އަންގާފައެވެ. 

މީގެއިތުރުން ފެެނަކަ ރައިޓްސައިޒް ކުރުމަށް ކުރާ މަސައްކަތާ އެކު ކުންފުނީގެ ހަރަދުތަކަށް އައިސްފައިވާ ބަދަލުތައް އަދި އާމްދަނީއަށް އައިސްފައިވާ ކުރިއެރުމުގެ ރިޕޯޓު ފާސްކުރާތާ 6 މަސް ތެރޭ މަޖިލީހަށް ފޮނުވަންވެސް ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;