ads
އިލެކްޝަންސްގެ މެންބަރުން
އީސީން ރިޖެކްޓްކުރި ކެންޑިޑޭޓުންގެ މައްސަލަ މާދަމާ ނިންމަނީ
ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން އިލެކްޝަނުން ރިޖެކްޓްކޮށްފައިވާ ދެ އެޕްލިކޭޝަނާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް މާދަމާ ނިންމަން ތާވަލުކޮށްފި އެވެ.
Advertisement

އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާތިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލައަކާއި، އަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. މާދަމާ މި ދެ މައްސަލައިގެވެސް ހުކުމް ކުރުމަށްވަނީ ތާވަލުކޮށްފަ އެވެ.

ފާތިމަތު ސޫޒަން ހުށަހެޅި މައްސަލައަކީ، ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި އެޕްލިކޭޝަން ބަލައިނުގަތް މައްސަލައެވެ. އަބްދުލްމަޖީދު، ހުށަހެޅި މައްސަލައަކީ ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ހުށަހެޅުން ރިޖެކްޓް ކުރި މައްސަލައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަންގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ، ކުރިން ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް