ads
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު
4 އަހަރަށް ޖަލަށް ލާފައިހުރި ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށްލާފައި ހުރި ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު) ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
Advertisement

ސައީދު ޖަލަށް ލާން ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގައި ކުރި ދައުވާއަކަށެވެ.

ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވި ކަމަށް ދައުލަތުން ތުހުމަތުކުރާ މި މައްސާލަގައި ކްރިމިނަލް ކޯޓުން ވަނީ ސައީދު 4 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އަދި އޭނާގެ ފަރާތުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ. 

ސައީދުގެ ސިއްހީ ހާލަތު ހުރިގޮތުގެ އޭނާ ވަނީ އިއްޔެއިން ފެށިގެން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް އޭނާ ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް