ads
އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އުރީދޫ
ހާއްސަ އިނާމުތަކަކާއެކު މި ފަހަރުވެސް އުރީދޫ "ކަރާ ފެޅުން"
އަންނަ ބުދަ ދުވަހު ފެށޭ ރޯދަ މަހު، އުރީދޫން ކުރިއަށް ގެންދާ "'ކަރާ ފެޅުން" ޕްރޮމޯޝަނުގެ ތެރެއިން އެއް ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީސީއޯ ހުސެއިން ނިޔާޒް ވިދާޅުވީ އާންމުންގެ މެދުގައި މަގުބޫލު "ކަރާފެޅުން" ގޭމް މިފަހަރު ގެނެސްދެނީ ކުރިއަށްވުރެ ފޯރިގަދަކޮށް ކަމަށެވެ.


"މިއަހަރުގެ ރޯދަމަހާ ދިމާކޮށް، އާންމުންގެ މެދުގައި މަގުބޫލު “ކަރާފެޅުން” ގޭމް މިފަހަރު އުރީދޫއިން މި ގެނެސްދެނީ ކުރިއަށްވުރެ ފޯރިގަދަކޮށް، މުޅިން އާ ފީޗާސްތަކަކާއެކު. މިފަހަރުގެ ގޭމްގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ،"ކަރާ ކުއެސްޓް"، މެޕުން ދައްކާ ތަނަކަށް ގޮސްގެން ކަރާ ފެޅުން،" ނިޔާޒު ވިދާޅުވި އެވެ.

މި ފަހަރުގެ ގޭމްގައި އެންމެ ޚާއްސަ ކަމަކަށް ނިޔާޒު ފާހަގަކުރެއްވީ، "ކަރާ ކުއެސްޓް" ނުވަތަ މެޕުން ދައްކާ ކޮންމެ ތަނަކަށް ގޮސްގެން ކަރާ ފެޅުމެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި، އެ ގޭމުގައި ބައިވެރިވާ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ހިލޭ ޑޭޓާއާއި ޚާއްސަ އިނާމުތައް ލިބޭނެއެވެ. އަދި، އުންމީދަކީ، އެ ގޭމުގެ ތެރެއިން އެކަކު، އަނެކަކާ އޮންނަ ގުޅުން ބަދަހިވުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މި އަހަރުގެ ގޭމު ފަރުމާކޮށްފައި ވަނީ، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭ ގޮތަށެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދާ މި ހަރަކާތުފައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން މި ގޭމު ކުޅެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް