މި ފިލްމު ސިނަމާތަކަށް އައީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މި ފިލްމަށް އެއްވެސް ވަރެއްގެ ތަރުހީބެއް ސިނަމާތަކުގައި ލިބިފައެއް ނުވެއެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މީ ކާތިކް ދަރުމާ ޕްރޮޑަކްޝަންގެ ބެނާގެ ފިލްމަކުން ފެނުނު ފުރަތަމަ ފަހަރެވެ.
ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި ފިލްމުގައި އަނަންޔާ އާއި ކާތިގެ އިތުރުން ދެ ކާސްތުގެ ތެރޭގައި ހިމެނޭނީ ޖެކީ ޝްރޮފާއި ނީނާ ގުޕްތާ އާއި ޓިކޫ ތަލްސާނިއާ އަދި ގްރޫޝާ ކަޕޫރުއެވެ.
މި ފިލްމަށް ކާމިޔާބީއެއް ނުލިބުނު ނަމަވެސް ކާތިކް އަންނަނީ މިހާރުވެސް ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" އެވެ. މި ފިލްމުގެ ގެ ޝޫޓީންތަަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;