މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ހާއްސަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނޭކަމަށާއި. އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުންވެސް ހިމެނިފައިވާކަމަށް ހުތުބާގައިވެއެވެ.
އެގޮތުން މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ އެ ހައްގު އަދާކުރުމާ އެކުގައި ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާން ޖެހޭކަން ހުތުބާގައި ވަނީ ފާހަގަޮށްފައެވެ.
ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ ހިތްނިޔަތް ހާލިސްކުރުމަކީ ތަގުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމަށެވެ.
އެހެންކަމުން ރޯދައަށް ތިބޭ އިރު ތަގުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރަން ހުތުބާގައިވަނީ ގޮވާލާފައެވެ. ތަގުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުންކަންވެސް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
މުސްލިމް އަހުންނޭވެ! މާތް ﷲ މި މައްސަރުގައި ނަރަކައިން މިންޖުކުރައްވާ އަޅުންގެތެރެއިން ލެއްވުން އެދި ދުއާކުރާށެވެ! ދުއާކުރުމަށް އަމުރުކުރައްވައި މާތް ﷲ ވަހީކުރައްވައިފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاءކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ."
މި މައްސަރުގެ މަތިވެރިކަމާއި ދަރުމަ އެދޭކަމުގައިވާ ނަމަ މާތްނަބިއްޔާ މި މައްސަރުގައި ކަންކުރެއްވި ގޮތް ދަސްކުރަން ހުތުބާގައިވަނީ ގޮވާލާފައެވެ. އެކަލޭގެފާނުގެ ސީރަތަށް ބަލާ އިރު ރަމަޟާންމަހުގައި އެހެން މައްސަރުތަކަށް ވުރެ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރުކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;