ads
މާފުށީ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް މިނިސްޓަރު މުތައްލިބު ފައްޓަވާދެއްވަނީ
މާފުށީ ނަރުދަމާ، ސޮއިކުރިތާ ހަފްތާއެއް ނުވަނީސް އަމަލީ މަސައްކަތް ފަށައިފި
މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މާފުށީ ނަރުދަމާ، ސޮއިކުރިތާ ހަފްތާއެއް ނުވަނީސް އަމަލީ މަސައްކަތް ފަށައިފި
Advertisement

މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އަޅަން މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިމަހުުގެ 12 ވަނަ ދުވަހުއެވެ. 

އެއްބަސްވުމުގައި ސޮއިކުރިތާ 5 ދުވަހުގެ ތެރޭގައި  އަމަލީ މަސައްކަތް މިވަނީ ފަށާފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މަތީނާއި އެ ކުންފުނީގެ ޗެއާ ޝަމްހޫޒާ އަހްމަދުގެ އިތުރުން މާފުށީ ދާއިރާގެ މެމްބަރު ހުސެއިން ރިޒާއެވެ. 

މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 128 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫއުގެ ދަށުން 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބަހައްޓާ، 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބަހައްޓާ ފެން ގުޅައިދިނުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފައެވެ. 

your imageމާފުށީ ހިއްކި ސަރަހައްދު

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން މާފުށީ ހިއްކި ސަރަހައްދުގައި ނަރުދަމާ ގާއިމުކުރުމުގެ އިތުރުން މާފުށީގައި މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގައިވެސް ނަރުދަމާގެ ނިޒާމު ގާއިމުކުރާނެއެވެ. މި މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 57,4 މިލިއަން ރުފިޔާއަށް 571 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަަށެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;