ads
އިނގިރޭސިވިލާތުގެ ކުރީގެ އަމީރު، އެންޑްރޫ މައުންޓްބެޓެން ވިންސާ. ތުހުމަތުތަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު އެންޑްރޫ ވަނީ ދޫކޮށްލާފައި- ފޮޓޯ/ރޮއިޓާސް
ހައްޔަރު ކުރި އެންޑްރޫ، ސުވާލު ކުރުމަށް ފަހު ދޫކޮށްލައިފި، ނަމަވެސް ތަހުގީގު ކުރިއަށް
އެންޑްރޫ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައި
ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް، ކުރީގެ އިންވެސްޓަރު އަދި ޖިންސީ ކުށްވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓީންއަށް ހިއްސާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ ގޭގައި ހުންނަވަނިކޮށް އިނގިރޭސި ފުލުހުން އޭނާ އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ދޫކޮށްލައިފި އެވެ.
Advertisement

އިނގިރޭސިވިލާތުގެ ރަސްގެފާނު ތިންވަނައިގެ ކޮއްކޮ، ކުރީގެ އަމީރު އެންޑްރޫ މައުންޓްބެޓެން ވިންސާ އެންޑްރޫ ހައްޔަރުކުރީ ބުރާސްފަތި ދުވަހު އެވެ. އިނގިރޭސި ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ނޭދެވޭ އަމަލުތަކެއްގެ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ.

މި ހާދިސާއާ ގުޅިގެން ރަސްގެފާނު ޗާލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގައި ހުރިހާ މަރުހަލާއެއް ފުރިހަމައަށް ކުރިއަށްދާންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރަސްގެފާނު ދެއްވި އެވެ.

އެޕްސްޓީންއާ އޮތް ގުޅުމުގެ ސަބަބުން އެންޑްރޫ ވަނީ 2019 ވަނަ އަހަރު ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގެންފަ އެވެ. އެއަށް ފަހު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ 'ޕްރިންސް' ލަގަބާއި އަސްކަރީ ޝަރަފުތައް ވަނީ އަތުލާފަ އެވެ.

ދާދި ފަހުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީން ފައިލްގައިވާ ގޮތުން އެންޑްރޫ އަކީ އެފްސްޓީންއާ ވަރަށް ގާތް ގުޅުމެއް ބާއްވައި، އޭނަ ހިންގި ޖަރީމާތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ތެރެއިން އެކެކެވެ.

އެޕްސްޓީންގެ ފައިލްތަކުން ހާމަވިގޮތުގައި، އަފްޣާނިސްތާނުގެ މައުދަނުގެ މައުލޫމާތާއި، ވިއެޓްނާމް އަދި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުތަކުގެ ސިއްރު ރިޕޯޓްތައް އެންޑްރޫ ވަނީ އެޕްސްޓީންއަށް ފޮނުއްވާފަ އެވެ.

އެންޑްރޫ ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެޕްސްޓީންއާ އޮތް ގާތްކަމާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެންމެ ފަހުން ފެންމަތިވި މި ކަންތައްތަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން އޭނާ ވަނީ އުޒުރުވެރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;