ރައީސް މިހެން ވިދާޅުވީ "ދުނިޔޭގެ އިޖުތިމާއީ އަދާލަތު"ގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހީންނަށް މިއީ ކިހާ މުހިންމު ދުވަހެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. ދިވެހި މުޖްތަމައު އޮތީ ބައިނަލްއަގުވާމީ މުޖްތަމައުއާއެކު އެއްބައިވަންތަކަމުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު ދިވެހި ސަރުކާރުގެ އަމާޒަކީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުސަތުތަކާއި ރައްޔިތުންގެ ކަރާމާތާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ އަދި ހަމަހަމަ ގޮތުގައި ލިބޭނެ ގޮތް ފަހިކޮށްދީ އެކަންކަން ޔަގީންކޮށް ދިނުން ކަމަށެވެ.
ރައީސްގެ ޕޯސްޓްގައި އޯގާތެރިކަމާއި، ހިއްސާކުރާ ޒިންމާއަކީ އާރުކާޓީ ކަމުގައިދެކިގެން، މި މަގުން، ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް މިސްރާބުޖެހުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއްވި އެވެ.
ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހަކީ، އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ގޮވާލައި، ފަގީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;