ރޭ 11:00 އެހާކަށްހާ އިރު، އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ އެވެނިއުގެ 7 ވަނަ ބުރީގަ އެވެ. އެ ހާދިސާގައި އެ އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ އެ އެޕާޓްމަންޓްގައި ދިރިއުޅުނު ފަސް މެންބަރުން ހިމެނޭ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;