ads
މިދިޔަ އަހަރުގެ އޭޕްރީލް މަހު، އެކި ގައުމުތަކަށް ބޮޑުކުރި ޓެރިފް، ޓްރަމްޕް އިއުލާނުކުރައްވަނީ - ފޮޓޯ: އޭއެފްޕީ
ޓްރަމްޕު ޓެރިފް ކަނޑައެޅީ ގާނޫނީ އިމުގެ ބޭރުން: ސުޕްރީމް ކޯޓު
އަދަބު ދިނުމުގެ ގޮތުންނާއި އެމެރިކާއަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އެކި ލެލެވްގައި އެޅި ޓެރިފްގެ ފިޔަވަޅުތަކަކީ އޭނާ އެޅުއްވި ގައިރު ގާނޫނީ ފިޔަވަޅުތަކެއްކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
Advertisement

ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ "އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް" ބޭނުންކޮށްގެން، ކޮންގްރެސްގެ ހުއްދަނެތި ޓެރިފް ނެގުމުގެ ބާރު ރައީސަށް ލިބިގެންނުވާ ކަމަށެވެ. ފަނޑިޔާރުން ބާރުއެޅުއްވީ އާންމު ހާލަތްތަކުގައި ޓެރިފް ކަނޑައެޅުމުގެ ބާރު އޮންނަނީ ހަމައެކަނި ކޮންގްރެސްއަށް ކަމަށެވެ.

ސްޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައިކަމަށް ޚަބަރުތައް ބުނެއެވެ. މިއީ އޭނާގެ ރިޔާސީ ބާރު ކަނޑުވާލުމަށް ސްޕްރީމް ކޯޓުން އެޅި ފިޔަވަޅެއްކަމަށް ސިފަކުރައްވައި ޓްރަމްޕް ވައިޓް ހައުސް ތެރޭގައި އިއްޔެ ވަރަށް ބޮޑަށް ހަޅޭލައްވައި އަޑުގަދަކުރެއްވި ކަމަށް ވެއެވެ.

މީގެއިތުރުން އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕް ވަރަށް ހުތުރު އިބާރާތުން ފާޑުވިދާޅުވެ އަދިވެސް އޭނާއަށް ކުރެވޭނެ ކަންކަން އެބަހުރިކަމުގެ އިންޒާރު ދެއްވިކަމަށް ވެއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބޭރުގެ ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ކޯޓުގެ ލިބަރަލް މެންބަރުންނަކީ "ގައުމަށް ހުރި ލަދެއް" ކަމަށާއި، އޭނާއާ ދެކޮޅަށް ވޯޓު ދެއްވި ކޮންޒަވޭޓިވް ފަނޑިޔާރުންނަކީ ގާނޫނުއަސާސީއަށް "ވަފާތެރިނޫން" ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"އަޅުގަނޑަށް ޓެރިފް ނެގުމުގެ ހައްގު އެބައޮތް، އަދި އަބަދުވެސް އެ ހައްގު އޮތް،" ކޯޓުގެ ހުކުމަށް ގޮންޖައްސަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ވިޔަފާރީގެ ދާއިރާގެ ގާނޫނީ މާހިރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ސަރުކާރަށް މިހާރު ޖެހިފައިވަނީ ގާނޫނީ ގޮތުން އެހެން އުސޫލުތަކަކަށް ބުރަވާށެވެ. މީގެ ސަބަބުން، ބޮޑެތި ވިޔަފާރި ބައިވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާއިރު، ވިޔަފާރިތަކަށް ކަންކަން ސާފުވެގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;