ads
ޕާމް ބީޗްގައި ހުންނަ ފްލޮރިޑާގެ މާ-އަ-ލަގޯގެ - ފޮޓޯ: ގެޓީއިމޭޖް
ޓްރަމްޕުގެ ފްލޮރިޑާ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި
އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާ-އަ-ލާގޯގެ ސަލާމަތީ ސަރަހައްދަށް ގާނޫނާ ހިލާފަށް ހަތިޔާރު އަޅައިގެން ވަތް މީހަކު އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި ޕާމް ބީޗް ކައުންޓީގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ބަޑި ޖަހައި މަރާލާއިފި އެވެ.
Advertisement

އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މީހާ މަރާލީ މަނާ ސަރަހައްދަކަށް ވަދެ އުޅެނިކޮށެވެ. އެ މީހާގެ އަތުން ފެނުނު ކަމަށް ބުނާ ޝޮޓްގަން އަކާއި ތެޔޮ ހަމެއްގެ ފޮޓޯ، ޕާމް ބީޗު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މަރާލި މީހާގެ ވަނަވަރު އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާއަކީ ނޯތް ކެރޮލައިނާއަށް ނިސްބަތްވާ އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ މީހެއް ކަމަށް ސީކްރެޓް ސާވިސްއިން ބުނެފައި ވެ އެވެ. އެ އިދާރާގެ ކޮމިއުނިކޭޝަންސް ޗީފް އެންތޮނީ ގުޔޭމީ ބުނީ، އެ މީހާ ގެއްލިގެން މީގެ ދުވަސްތަކެއް ކުރިން އޭނާގެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޑެޕިއުޓީއަކާއި ސީކްރެޓް ސާވިސްގެ ދެ އެޖެންޓުންނާ އެ މީހާއާ ދިމާވުމުން އެ މީހުން ވަނީ އެ ތަކެތި ބަހައްޓަން އަމުރުކޮށްފަ އެވެ. ނަމަވެސް އެމީހާ ވަނީ ތެޔޮ އަޅާފައި ހުރި ދަޅު ބެހެއްޓުމަށްފަހު، ބަޑި ދިއްކޮށްފައި ކަމަށް ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވި އެވެ.

އެހެންވެ، ޑެޕިއުޓީއާއި އެޖެންޓުން އެމީހާ ގަޔަށް ބަޑިޖެހީ ކަމަށާއި، އޭނާ ވަގުތުން މަރުވެފައިވާ ކަމަށް ބްރެޑްޝޯ ވިދާޅުވިއެވެ. އެކަމުގައި ބައިވެރިވި އޮފިސަރުން ތިބީ ބޮޑީ ކެމެރާ އަޅައިގެންނެވެ.

އެ ހާދިސާ އެފްބީއައިއިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މާ-އަ-ލާގޯގައި އަކީ ހަފްތާ ބަންދުތައް ޓްރަމްޕް އާއްމުކޮށް ވަގުތު ހޭދަ ކުރާ ތަނެކެވެ. ޓްރަމްޕަށް ހަމަލާދޭން މީގެ ކުރިން އެތައް ފަހަރަކު ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ޓްރަމްޕަކީ އެމެރިކާގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މި ފަހުގެ ތާރީހެއްގައި އަވަހާރަކޮށްލަން ދިން ހަމަލާއެއްގައި ޒަހަމްވެވަޑައިގެންނެވި ހަމައެކަނި ރައީސެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;