ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 9.5 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާޢްޖެއަށް އައީ 381،870 ފަތުރުވެރިންނެވެ. މިއަަރުގެ މިހާތަނަށް އެންމެ ގިނައިން ފތުރުވެރިން ރާއްޖެއައީ ޗައިނާއިންނެވެ. ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ 67 ހާހުން މައްޗަށް އަރާފައެވެ.
މިހާތަނަށް އެންމެ ފަތުރުވެރިން އައި ފަސް ގައުމު
• ޗައިނާ: 67،185 ފަތުރުވެރިން
• ރަޝިއާ: 46،636 ފަތުރުވެރިން
• އިޓަލީވިލާތް: 40،345 ފަތުރުވެރިން
• އިނގިރޭސިވިލާތް: 38،162 ފަތުރުވެރިން
• ޖަރުމަނުވިލާތް: 24،980 ފަތުރުވެރިން
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަން
މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 411,673 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 1,489 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 1,499 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,137 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
މީގެ އިތުރުން ދާލު އެއާޕޯޓުން 783 ފަތުރުވެރިން މާމިގިލި އެއާޕޯޓުން 387 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވެއެވެ. ސަފާރީތަކާއި ކްރޫޒާތަކުގައި ކަނޑުމަގުން އައި ފަތުރުވެރިންގެ އަދަދަކީ 1،065 އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;