ads
ދިރާގުން ރޯދަމަހާ ގުޅިގެން ހަދިޔާ ދިނުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން. - ފޮޓޯ/ދިރާގު
ދިރާގުޕޭ މެދުވެރިކޮށް މީލްޕެކް އަދި އާއިލާއަކަށް ޑޮނޭޓް ކުރުމުގެ ފުރުސަތު
މި ރަމަޟާން މަހާ ގުޅިގެން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ހާއްސަ ދެ ހަރަކާތެއް އިއުލާނުކޮށްފި އެވެ.
Advertisement

މީލް ޕެކް ހަދިޔާކުރުމުގެ ހަރަކާތަކީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. 

މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަށް ހަދިޔާކޮށްފަ އެވެ. އަދި ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއާ ބާސްކެޓެއް ފޯރުކޮށްދީފަ އެވެ.

މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނަށް ކެއާ ބާސްކެޓެއް 1،200 ރުފިޔާއަށް ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް ހަދިޔާ ކުރުމުގެ ފުރުސަތު ދިރާގުޕޭ މެދުވެރިކޮށް ލިބިގެންދާނެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ކެއާ ބާސްކެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ. 

ދިރާގުޕޭގެ މަގުސަދަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރަން މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;