ބޭނުންވާ ތަކެތި:
1 ޖޯޑް ކުކުޅު ( ކިއުބްކޮށް ކޮށާފަ)
1 ސައިސަމުސާ އަސޭމިރުސް
ރަހަލާ ވަރަށް ލޮނު ކޮޅެއް
1 ފިޔާ (ތުނިކޮށް ކޮށާފަ)
1 މިރުސް (ކުދިކޮށް ކޮށާފަ)
3 ސަމުސާ ސޯސް(ޗިލީ އެންޑް ގާލިކް)
1 ސައިސަމުސާ އަޖިނަމޮޓޯ
1 ސައިސަމުސާ (ލޮނުމެދު/އިނގުރު ޗިސްކޮށްފަ)
1 ކޯޅި ހިކަނދިފަތް
ގާލިކް ސޯސް
4 ރޮށި
ތައްޔާރު ކުރާނެގޮތް:
ފުރަތަމަ ތަވައަކަށް ފިޔާ ކޮޅު އަޅާފަ، ހިކަނދިފަތް އަޅާފަ ފިޔާކޮޅު ކުޑަކޮށް ރަތްވީމަ އެއަށް ސޯސް ކޮޅު އަޅާފަ ކުކުޅު، އަސޭމިރުސް، ލޮނު، އިނގުރު /ލޮނުމެދު ކޮޅު އަޅާފަ ރަނގަޅަށް ޗިކަން ކޮޅު ރޯފިލުވާލާށެވެ.
އެއަށް ފަހު ތަށްޓަކަށް ނަގާފަ ކޮންމެ ރޮށްޓަކަށް ވަކިން ކުކުޅު މަސްކޮޅު އަޅާ ގާލިކް ސޯސް އަޅާ އަނެއްކާވެސް ތަވާ މައްޗަށް ލާ ފިހެލާށެވެ.
ދެން ތަވާ މަތިން ނަގާފަ ރޮށި 2 ފަޅިއަށް ކަޓިން ބޯޑެއް މަތީ ބާއްވާފަ ފަޅާލާށެވެ. ބޭނުންނުނަމަ އެއަށް ރޯ ޓޮމާޓް ސްލައިސް އަދި ކިއުކަންބާ ސްލައިސް ކޮޅެއް އަޅާށެވެ.
މިހާރު މިހިރީ ޗިކަން ޝަވަރުމާ ހަދާ ނިމިފަ އެވެ. މީ ރޯދަ ވީއްލާ ގަޑިގައިވެސް ކާލަން ވަރަށް މީރު އެއްޗެކެވެ. މިއަށް އަޅާ ސޯސް ތަކަކީ މީގެ ރަހަ އެންމެ މީރު ކުރަން ބޭނުންކުރާ އެންމެ މުހިއްމު އެއްޗެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;