ads
ދިރާގުގެ ހަރަކާތެއްގައި ކުޑަކުދިންތަކެއް ބައިވެރިވަނީ: މިއަހަރުގެ 3x3 ޗެޖެންލްގައި ބައިވެރިވުމުގެ ފުރުސަތު ހަމަވާން ވަނީ ގާތްވެފައި - ފޮޓޯ: ދިރާގު
ދިރާގު ބާސްކެޓް މުބާރާތަށް ރަޖިސްޓްރީކުރުން މިއަދު ހަމަވާނެ
މި އަހަރުގެ ދިރާގު 3އޮން3 ޗެލެންޖު ބާސްކެޓް މުބާރާތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
Advertisement

އެ ފޯރިގަދަ މުބާރާތް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓާ އައުޓްޑޯ ކޯޓުގަ އެވެ. 

ޓައިޓަންސް ބާސްކެޓް އެކެޑެމީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ މަގުސަދަކީ ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީ ކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

އެކެޑެމީ ކެޓެގަރީ

  • 8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

އޯޕެން ކެޓެގަރީ

  • 14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • ފިރިހެން ޑިވިޝަން 1
  • ފިރިހެން ޑިވިޝަން 2
  • އަންހެން ޑިވިޝަން
  • ބެލެނިވެރިން – ފިރިހެން
  • ބެލެނިވެރިން – އަންހެން

މިދިޔަ އަހަރު މި މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ބައިވެރިވި އެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓްރީކުރެވޭނެ އެވެ.

ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;