ads
ވެމްކޯ ސައިޓްގައި ހިންގި ހާދިސާގައި މުވައްޒަފަށް އަނިޔާވެފައި
ވެމްކޯ ސައިޓެއްގައި މުވައްޒަފަކަށް އަނިޔާވެ ވެންޓިލޭޓަރުގައި ފަރުވާދެނީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓެއްގައި އެތަނުގެ މުވައްޒަފަކަށް އަނިޔާވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
Advertisement

ފުލުހުން  ބުނީ މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ އިއްޔެ ހަވީރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. 

މި ހާދިސާގައި އަނިޔާވި މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލުތައް ފުލުހުން ނުދިންނަމަވެސް އެމީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. 

މި ހާދިސާ ހިންގިކަމުގެ ވާހަކަތައް ފުރަތަމަ އާއްމުވީ ސޯޝަލް މީޑިއާގައެވެ. ފޮޓޮއާއެކު މީހަކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރުކަމަށެވެ. އަދި މި ހާދިސާ ހިނގީ ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް އެމީހާ ވަނީ ވެއްޓިކަމަށާއި އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އެ ޕޯސްޓުގައި އެމީހާ ވަނީ ބުނެފައެވެ.

ކ. ތިލަފުށީ ވޯކް ސައިޓުގައި މަސައްކަތްކުރި ބީދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައެއްވެސް މިދިޔަ މަހު ވަނީ ފެންމަތިވެފައެވެ. މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބަންގްލަދޭޝްގެ މި ޒުވާނާ މަރުވީ ކުނި ގޮނޑުގައި މަސައްކަތް ކުރަން އުޅެނިކޮށް އެވަގުތު އެ ސަރަހައްދުގައި ބޭނުންކުރަމުން ދިޔަ ހައިމާކެއްގެ ދަތްގަޑެއްގައި ޖެހިގެން ކުނިތަކުގެ ތެރެއަށް ވެއްޓި ގެއްލިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;