އެންސްޕާއިން އާއްމުކުރި ހިސާބުތައް ދައްކާގޮތުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރެއިން މާލީ އެހީ ދޭން ޖެހޭ މީހުންގެ އަދަދު 2974 އަރައެވެ. އަދި މާލީ އެހީ ލިބޭ ކުޑަކުދިންގެ އަދަދު 3066 އަށް އަރާކަމަށްވެސް އެންސްޕާއިން ބުނެއެވެ.
އެ އިދާރާގެ ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ޖެހުއަރީ މަހު އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީގެ ގޮތުގައި ދައުލަތުން ވަނީ 15.15 ރުފިޔާ ހަރަދުކޮށްފައެވެ.
އެންސްޕާއިން ބުނީ ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ދަފުތަރުގައި މިދިޔަ މަހު އެކަނިވެސް 99 ބެލެނިވެރިން މުޅިން އަލަށް ރެޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި 191 ކުޑަކުދިން ވެސް އަލަށް ރަޖިސްޓްރީކޮށްފައިވާކަމަށްވެސް އެންސްޕާއިން ބުނެެއެވެ.
މީގެއިތުރުން ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް މިދިޔަ މާލީ އެހީގެ ގޮތުގައި 187500 ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ. އެގޮތުން މި އެހީ 101 ބެލެނިވެރިންނަށް ލިބޭކަމަށްވެސް އެންސްޕާއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;