ހުޅުމާލެގައި ހެދި 4000 ފްލެޓްތައް ލިބި އެތަނުގައި މީހުން ދިރިއުޅެން ފެށީ ދާދި ފަހުންނެވެ.
އެފްޑީސީން ބުނީ 4000 ފްލެޓްގެ ތެރޭގައި ހިމެނޭ 'އަމާން އުދަރެސް'ގެ ތިން ކޮޓަރީގެ ފްލެޓެއްގެ ތެރެއިން ދެ ކޮޓަރި ލޭބާ ކުއާޓާއެއްގެ ގޮތުގައި ބީދޭސީން ތަކަކަށް ކުއްޔަށް ދީފައިވާކަމުގެ ރިޕޯޓް މިމަހު ލިބުނުކަމަށެވެ. މިތަން ކުއްޔަށް ދީފައިވަނީ ނޭޕާލު ބަޔަކަށްކަމަށް އެފްޑީސީން ބުނެއެވެ.
އެ ރިޕޯޓް ލިބުމާއި އެކު މައްސަލަ ބަލާ ފިޔަވަޅު އަޅާފައިވާކަމަށް އެފްޑީސީން ބުނެއެވެ. އެގޮތުން އެތަން ބީދޭސީ ހުސްކުރަން 10 ދުވަސް ދިންކަމަށާއި އަދި ތަނުގެ ވެރި ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާނެކަމަށް އެފްޑީސީން ބުނެއެވެ. ތަން ހުސްކުރަން ދިން މުއްދަތުގައި އެތަނުން ބިދޭސީން ހުސްކޮށް މިހާރު އެތަނުގައި އުޅެމުން އަންނަނީ ތަނުގެ ވެރިފަރާތްކަމަށްވެސް އެފްޑީސީން ބުނެއެވެ.
މީގެއިތުރުން ބައެއް ފްލެޓްތައް 25،000 ވުރެ މަތީ އަގަކުން ކުއްޔަށްް ދިން މައްސަލައެއްވެސް ރިޕޯޓްކޮށްފައިވާކަމަށް އެފްޑީސީން ބުނެއެވެ. އަދި މާލޭގައި ނުޅޭ ބަޔަކަށް ލިބުނު ފްލެޓެއް އެހެން ބަޔަކަށް ކުއްޔަށްދީ ވެރިފަރާތް އެހެން ރަށެއްގައި އުޅޭ މައްސަލައެއްވެސް ބަލަމުން އަންނަކަމަށްވެސް އެފްޑީސީން ބުނެއެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓަށް ސަރުކާރުން ކަނޑައެޅި ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު 8،000ރ. އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;