ads
އެޗްޑީސީ އަށް 25 އަހަރު ފުރުމާއި ގުޅިގެން ހެދި ލޯގޯ
އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް
އެޗްޑީސީގެ ރިހި ޔޫބީލް ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
Advertisement

އެޗްޑީސީން ބުނީ ކުރިޔަށް ގެންދަން ނިންމާފައިވާ ދިހަ ލޭންޑްމާކް އިވެންޓެއް ބިނާކޮށްފައިވަނީ ޓްރިބިއުޓް، ސެލެބްރޭޝަން، އަދި ކޮމިއުނިޓީ ސްޕީރިޓްގެ ސީމްލޭސް ނެރެޓިވް އަކަށް ބިނާ ކޮށް ކަމުގައި އެވެ. 

އެޗްޑީސީން އާންމުކޮށްފައިވާ ގޮތުން އެންމެ ފުރަތަމަ އިވެންޓެއް އޮންނާނީ މި އަންނަ މާޗް މަހު އެވެ. އެ އިންވެންޓަކީ ފައުންޓޭޝަނަލް ލެގެސީ އިންވެންޓު އެވެ.

 މި އިންވެންޓުގެ ތެރެއިން އެޗްޑީސީގެ ފައުންޓަރުން އަދި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒިފުންގެ އަގުވަޒަން ކޮށް އެ ބޭފުޅުން ކޮށްދީފައިވާ މަސައްކަތް ދައްކާލެވިގެންދާނެ ކަމުގައި އެވެ. 

އޭޕްރިލް މަހު ބާއްވަން ނިންމާފައިވަނީ އެޗްޑީސީގެ އެނުއަލް ގާލާ އިވެންޓުކަމަށާއި މި ގާލާގެ ތެރެއިން އެޗްޑީސީ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަން ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަ ކޮށްފައި އެވެ.

 މީގެ އިތުރުން "އަަހަރެންގެ ހުޅުމާލޭ" ފޮތް މި އިވެންޓުގެ ތެރެއިން ލޯންޗް ކުރެވިގެންދަނެ ކަމަށް އެޗްޑީސީން ބުނެ އެވެ. 

މީގެ އިތުރުންވެސް މި އަހަރުގެ އެކި މަސްމަހު ތަފާތު އެކި ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ ގޮތުން މައި ހުޅުމާލޭ ފެސްޓިވަލް، ސިލްވާރް ވޮއިސް، ފުޅަންދުބުރު އާރްޓް ފެސްޓިވަލް އަދި ކާނިވަލް އެއްވެސް ބާއްވަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;