މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މިލަންދޫ، ގިރިޓީކުރާގޭ އަބްދުﷲ ޝުޖާއު، 48 އެވެ. އޭނާގެ ބަންދަށް މިލަންދޫ ކޯޓުން މިއަދުވަނީ 15 ދުވަސް ޖަހައިފައެވެ.
ޝުޖާއުގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށް ބެލި ބެލުމުން އޭނާގެ އަތުން ފެނުނު 55 ރަބަރު ޕެކެޓުގައި މަސްތުވާތަކެރި ހުރިކަމަށް ތުހުމަތު ކުރެވެއެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެތި، ޓްރެފިކިން މިންގަނޑަށް އަރާކަން ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކުރިއިރު، ޕޯސްޓުން ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު މި ހަފްތާގައި 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ. އަދި ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު 75 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓާއެކު ކުޅުދުއްފުށިން ދެ މީހުން މި ހަފްތާގައިވަނީ ހައްޔަރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;