ads
ރިފޯމް ޕާޓީގެ ލީޑަރު އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް
ޗާގޯސްގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑު: ފަރާޖު
ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑު ކަމަށާއި އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން ރާއްޖޭން ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް ވިދާޅުވެއްޖެއެވެ.
Advertisement

ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ޗާގޯސްގެ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ފަރާޖު މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތެވެ. އެހެންނަމަވެސް އިނގިރޭސި ސަރުކާރުން އެދިގެން ދިވެހި ސަރުކާރުން އޭނާގެ ދަތުރަށް ހުރަސްއެޅި ކަމަށް ވިދާޅުވެ ޗާގޯސްއަށް ފަރާޖު ދަތުރެއް ނުކުރައްވައެވެ. އެކަމު މިވާހަކަތައް ދިވެހި ސާރުކާރުން ވަނީ ދޮގުކޮށްފައެވެ.

ރާއްޖެއަށް ވަޑައިގަތުމަށް ފަހު ގައުމަށް ވަޑައިގެން ގާނޫނު ހަދާ މަޖިލީހުގައި  ޗާގޯސް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ވެެފައިވާ އެއްބަސްވުމުގެ މައްސަލާގައި ބަހުސްކުރައްވަމުން ފަރޭޖް ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް ރާއްޖޭގެ ހައްގު މާބޮޑު ކަމަށެވެ. އަދި އެ ތަނުގެ ސިޔާދަތީ ބާރު ހޯދަން ރާއްޖޭން ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް ގަބޫލުކުރެވޭތީ، އިނގިރޭސި ވިލާތުން މޮރިޝަސްއާ އެކު ހަދަން އުޅޭ އެއްބަސްވުން މަޑުޖައްސާލުމަށް ވަނީ ގޮވާލާފައެވެ.  

"ރާއްޖެއަށް އަހަރެން ކުރި ދަތުރުން ކުރިން ނޭނގޭ އެތައް ކަމެއް އެނގުނު. ރާއްޖެއަކީ ޗާގޯސްގެ ރަށްތަކާއި ތާރިހީ އަދި އާކިއޮލޮޖީގެ ގޮތުން ވަރަށް ޒަމާންވީ ގުޅުމެއް އޮތް ކަން. ފަރަންސޭސި މީހުން ވެސް ކުރި ހަމައެކަނި ކަމަކީ އެ ރަށްތަކުގެ ނަން ދިވެހި ނަންތަކުން ބަދަލުކުރުން،" ފަރާޖު ވިދާޅުވި އެވެ.

ފަރާޖް ދެން ވިދާޅުވީ ޗާގޯސް މޮރިޝަސްއަށް ދީފި ނަމަ އެ ސަރަހައްދުގައި މިހާރު ގާއިމުވެފައިވާ އޮތް ހަމަޖެހުން ގެއްލިދާނެ ވާހަކައެވެ. އަދި ރާއްޖޭން އައިސީޖޭ އަށް ވަރަށް އަވަހަށް ދައުވާއެއް ހުށަހަޅާނެކަން އެނގިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭން އައިސީޖޭ އަށް ވަރަށް އަވަހަށް ދައުވާއެއް ހުށަހަޅާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ބަޔަކަށް އޮންނަ ނަމަ އޮންނަންވީ ރާއްޖެ އަށް." ފަރޭޖު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ އުތުރު ކަނޑުގެ ސަރަހައްދުގެ ފުށުއަރާ އިމުގެ ސަރަހައްދާ މެދު ގޮތެއް ނިންމައިފަ އެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން ރާއްޖެއަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;