ads
ރައީސް ނަޝީދު - ފޮޓޯ: މިހާރު
ދެ އިންތިހާބު އެއްކުރަން ނަޝީދު މިހާރު ދެކޮޅު!
މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން ސަރުކާރުން ނިންމި ނިންމުމާ ކުރިން އެއްކޮޅު ނަމަވެސް މިހާރު ދެ އިންތިޚާބު އެއްކޮށްލާ ވޯޓަށް "ނޫނެކޭ ބުނަން ތައްޔާރު" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަށް ތާއީދު ކަމަށެވެ.

"ރިފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިއްޔެ ވަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސްގެ ނިޒާމު ގާއިމުކޮށް، ދައުލަތުގެ އާމްދަނީ އިންތިހާއަށް އިތުރުވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިއަދު ޓެކްސްގެ އާމްދަނީ ހުރީ 30 ބިލިއަން ރުފިޔާއަށް ވުރެ ވެސް މަތީގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިންތިޚާބުތައް ބާއްވައި، ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށެވެ.

ހަމައެއާއެކު ރައްޔިތުންގެ ބައިވެރިވުން ކުޑަކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ މިފަހަރު ދެކޮޅު ހެދިނަމަވެސް މީގެކުރިން ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ބޮޑު ދެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށް އެމްޑީޕީން ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ހުރި ލަފާކުރުންތަކަށް ބަލާއިރު އެ ފިޔަވަޅާ އެކު އަހަރަކު 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެފައި ވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;