ads
މައި ދެ އިންތިހާބު އެއްކޮލާ ވޯޓު ހުއްޓުވަން ހައި ކޯޓަށް ހުށަހަޅައިފި
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ހިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ހައިކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

އެމްޑީޕީން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނުއަސާސީއާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެމްޑީޕީން ބުނީ އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓުން ލާޒިމްކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސްގެ ގަރާރާ އެކު ހިމަނާފައިނުވާތީ އަދި އޭގެ ފަހުން ވެސް އެކަންކަން ތަފްސީލުކޮށްފައިނުވާތީ، ކެމްޕެއިން ކުރަން އެމްޑީޕީއަށް ލިބިފައިވާ ހައްގު ހަނިވާ ކަމަށެވެ. 

އަދި ވަގުތީ އަމުރު ނުނެރެ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ދައުވާކުރާ ފަރާތަށް ސިޔާސީގޮތުން ބޮޑު ގެއްލުމެއް ލިބި އަދި ގަރާރު ބާތިލްކަމަށް ކޯޓުން ކަނޑައަޅާ ހާލަތުގައި އެ މައްސަލައިގެ ވޯޓާގުޅޭ ކެމްޕެއިނަށް ކުރާ ހަދަދުތަކުގެ ސަބަބުން އިއާދަނުކުރެވޭ މާލީ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ވެސް ބުންޏެވެ.

އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިހާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިހާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ. 

ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;