ads
ގުޅިފަޅުން ގޯތި ދޫކުރުން: މިއަދު ވަނީ 41 ގޯތި ހަވާލުކޮށްފައި - ފޮޓޯ: ހައުސިން މިނިސްޓްރީ
މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން އިން މިއަދު ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް 30 އެޕްރީލްގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެއީ ގޯއްޗަށް އެދި 1،633 އެޕްލިކޭޝަަނަކާއި ފްލެޓަށް އެދި 3،434 އެޕްލިކޭޝަނެކެވެ. އެ މިނިސްޓްރީން ބުނީ މުހިންމު އަވަހަށް އެޕްލައިކުރުމުގެ ބަދަލުގައި ހުރިހައި ލިޔެކިޔުންތަކެއް ހަމަކޮށް ފޯމު ހުށައެޅުންކަމަށެވެ.

މިދިޔަ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;