ads
މާވިން، މިހާރު އޭނާގެ ނަމަކީ ޔޫސުފް
ޖަލުގައި ހުރެ މާވިން އިސްލާމްވެއްޖެ، މިހާރު ނަމަކީ ޔޫސުފް
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ، އަދި އެ މައްސަލައިގައި ދައުލަތުން ދައުވާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެ، އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފި އެވެ.
Advertisement

މާވިން އިސްލާމްވެއްޖެކަން، ހާމަ ކުރީ އެ މައްސަލަ މިހާރު ބަލާ ގާޒީ މުޒައްމިލް ނާސިރުއެވެ. ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މާވިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ، އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި ކުރާ، އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުސް ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލަ މިހާރު އޮތީ ހުލާސާ ބަޔާން އިއްވުވުމުގެ މަރުހަލާގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;