ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި ނަޝްވާ އޭނާގެ މަގާމުން ވަކިކުރީ މިއަދު އެވެ.
އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް ނަޝްވާ އައްޔަން ކުރީ 8 ޖެނުއަރީ 2024 ގައި ޕީސީބީ އިންނެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ދާއިރާއިން ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުގައި ނަޝްވާ ވަނީ 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އެފްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަ ބޭފުޅުން ތިއްބަވަ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން އުފެއްދީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;